...

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ބަހުޘް ކެޓަގަރީން އެއްވަނަ ކްލަބް އޭސީސީއާރުސީ އަދި އެއްވަނަ ބަހުޘްތެރިޔާއަށް އޭސީސީއާރުސީގެ އަޙްމަދު ސާއިބް

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ36 ވަނަ ޤައުމީ މުބާރާތުގެ އޮފީސްތަކާއި، ކުލަބު ޖަމިއްޔާ ޖަމާޢަތްތަކަށް ޚާއްޞަކުރި ބަހުޘް މުބާރާތުގެ ކެޓަގަރީން އެއްވަނަ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރެކްރިއޭޝަން ކުލަބް(އޭސީސީއާރުސީ)އިން ހާސިލުކޮށްފިއެވެ. 

ދިވެހި ބަހުން ވާހަކަދެއްކުންތެރިކަމަށް ޝައުގުވެރިކުރުވައި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ބައެއް އުފެއްދުމަށް ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ބާއްވާ މި މުބާތާތުގައި މިފަހަރު އޭސީސީއާރުސީ ވާދަކުރި ބައިން އެއްވަނަ ހޯދާފައިވާއިރު، މިބައިން އެއްވަނަ ބަހުޘްކުރުންތެރިއަކަށް ހޮވިފައިވަނީ އޭސީސީއާރުސީގެ އަޙްމަދު ސާއިބް އެވެ.

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް 2023 މާރިޗު 19 ވަނަ ދުވަހުގެ ރޭގައި ސަލްމާން މިސްކިތުގެ ހޯލްގައި ބޭއްވި ޖަލްސާގައި އޮފީސްތަކާއި، ކުލަބް ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިން އެއްވަނަ ހާސިލްކުރި ކްލަބް އަދި އެއްވަނަ ބަހުޘްކުރުންތެރިޔާއަށް އިނާމާއި ވާދައިގެ ތަށްޓާއި ހަނހަނދާނީ ލިއުން ޙަވާލުކޮށްދެއްވި ޖަލްސާގެ ޝަރަފްވެރި މެހެމާން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނަޢީމް އެވެ.