...

އޭ.ސީ.ސީގެ ފަރާތުން ސީއެމްޑީއޭގެ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގުރާމުގައި އެންޓި-ކޮރަޕްޝަން އެވެއަރނަސް ސެޝަނެއް ނަގައިދީފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކުރިއަށްގެންދިޔަ ޑިރެކްޓަރސް ޓްރެއިނިންގް ޕްރޮގްރާމްގައި އޭސީސީގެ ފަރާތުން، އެންޓި-ކޮރަޕްޝަން އެންޑް ޕްރޮކިއުމަންޓް ސެޝަނެއް ނަގައިދީފިއެވެ.

އޭސީސީގެ ކަމާގުޅުންހުރި ފަންނީ މުވައްޒަފުން ނަގައިދިން އެންޓި-ކޮރަޕްޝަން އެންޑް ޕްރޮކިއުމަންޓް ސެޝަންގައި މި ސެޝަންގައި މި ސެޝަންގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ކޮރަޕްޝަނަކީ ކޮބައިކަމާއި ކޮރަޕްޝަންގެ ވައްތަރުތަކާއި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި އަދި ޚިދުމަތް ދިނުމުގަޔާއި ޕްރޮކިއުމަންޓްގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުންނަ ކަންކަމާއި އެކަންކަން ހައްލު ކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ. 15 މާރޗް 2023 ވީ ބުދަ ދުވަހު ކުރިއަށްގެންދެވުނު މިސެޝަން ނަންގަވައިދެއްވީ އޭސީސީގެ ތަޖުރިބާކާރު މުވައްޒަފުންނެވެ. 

ސީއެމްޑީއޭއީން އިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނި ތަކުގެ ޑިރެކްޓަރުންގެ ލެވެލްގައި މަސައްކަތް ކުރައްވާ މުވަޒަފުންނަށް ޙާއްސަ ކޮށްގެން ކުރިއަށްގެންދިޔަ މި ޓްރެއިނިންގައި ރާއްޖޭގެ ތަފާތު 13 ކުންފުންޏަކުން ޖުމުލަ 20 މުވައްޒަފުން ބައިވެރިވި އެވެ.