...

ސަރަހައްދީ ޤައުމުތަކުގެ އޮޑިޓް އަދި އެންޓި-ކޮރަޕްޝަން އިދާރާތަކަށް ޚާއްސަކޮށްގެން ތައިލެންޑުގައި ކުރިއަށްގެންދާ ވޯކްޝޮޕްގައި މެންބަރު ޝަޒްނާ ޙާޝިމް ބައިވެރިވެވަޑައިގެންފި

ސަރަހައްދީ މައި އޮޑިޓް އިންސްޓިޓިއުޝަންތަކާއި އެންޓިކޮރަޕްޝަން އިދާރާތަކަށް ޚާއްސަކޮށްގެން ތައިލެންޑުގައި މިއަދުފެށި މަސައްކަތު ބައްދަލުވުމެއްގައި ކޮމިޝަނުގެ މެންބަރު ޝަޒްނާ ޙާޝިމް ބައިވެރިވެވަޑައިގެންފިއެވެ.

"ރީޖަނަލް ވޯކްޝޮޕް އޮން އެންހޭންސިންގ ދަ ކޮލަބަރޭޝަން ބިޓްވީން ސުޕްރީމް އޮޑިޓް އިންސްޓީޓިއުޝަންސް އެންޑް އެންޓި-ކޮރަޕްޝަން ބޮޑީސް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދަނީ މިއަދުން ފެށިގެން 3 ދުވަހުގެ ނިޔަލަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ.

ޔޫއެންއޯޑީސީން އިންތިޒާމްކޮށްގެން، މަޝްވަރާ ބައްދަލުވުންތަކެއް ހިމަނައިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ ސަރަހައްދީ އަދި ޤައުމީ ފެންވަރުގެ އޮޑިޓް އިންސްޓިޓިއުޝަންތަކާއި އެންޓި-ކޮރަޕްޝަން އިދާރާތަކުގެ މެދުގައި އެއްބާރުލުން ގާއިމްކޮށް ގުޅިގެން މަސައްކަތްކުރުމަށް ހިތްވަރުދިނުމެވެ.

ރާއްޖޭ ހިމެނޭހެން މި މަސައްކަތު ބައްދަލުވުމުގައި އޭޝިޔާގެ 24 ޤައުމެއްގެ އޮޑިޓް އިންސްޓިޓިއުޝަންތަކާއި އެންޓިކޮރަޕްޝަން އިދާރާތަކުން ބައިވެރިވެއެވެ.