...

2022 ވަނަ އަހަރު ޑިއުޓީ ޕްރޮސިކިއުޝަނަށް 49 މައްސަލަ ފޮނުވައިފި

ނިމިދިޔަ 2022 ވަނަ އަހަރު އޭސީސީން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ޑިއުޓީ ޕްރޮސިކިއުޝަނަށް 49 މައްސަލަ ފޮނުވައިފިއެވެ.

ކޮމިޝަނުން ތަހުޤީގުކުރަމުންދާ މައްސަލަތަކުގެ ތެރެއިން ދައުވާކުރެވިދާނެ މައްސަލަތަކުގެ ގޮތުގަ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށައަޅާފައިވާ 49 މައްސަލައިގައި ހިމެނޭނީ 111 މީހުންނަށް ރައްދުވާ 96 ތުހުމަތެވެ.

މިއީ މިހާތަނަތަނަށް ކޮމިޝަނުން ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސިކިއުޝަނަށް އެންމެ ގިނައިން މައްސަލަ ހުށައެޅި އަހަރެވެ.

2022 ވަނަ އަހަރު ކޮމިޝަނަށް 758 މައްސަލަ ހުށައަޅާފައިވާއިރު، ހުށަހެޅުނު މައްސަލަތައް ވަޒަންކޮށް ރަޖިސްޓަރީކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށް ބަލައި ރަޖިސްޓަރީކޮށްފައިވަނީ 486 މައްސަލައެވެ.

2022 ވަނަ އަހަރު ކޮމިޝަނުގެ އިވެލުއޭޝަން މަރުހަލާގެ ޕްރިލިމަނރީ އިންވެސްޓިގޭޝަނުން 296 މައްސަލަ ނިންމާފައިވާއިރު، ތަޙުޤީޤު މަރުހަލާގައި ނިންމި 138 މައްސަލައާއެކު، ކޮމިޝަނުން މިދިޔަ އަހަރު ނިންމާފައިވަނީ ޖުމަލް 434 މައްސަލައެވެ.