އޭސީސީގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި
14 މާރިޗު 2023
ނިމިދިޔަ 2022 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަން ހިނގާދިޔަ ގޮތުގެ ރިޕޯޓް، ޤާނޫނުގައިވާ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައި، ކޮމިޝަނުގެ ވެބްސައިޓްގައި މިއަދު ޝާއިޢުކޮށްފިއެވެ.
އަހަރީ ރިޕޯޓުގައި، 2022 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނުން ކުރިޔަށް ގެންދިޔަ މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެވިފައިވާނެއެވެ. އެގޮތުން، މިދިޔަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާއި ކުރިއަށްގެންދިޔަ ތަޙުޤީޤުތަކާއި، ކޮރަޕްޝަން ވިޔަނުދިނުމާއި ގުޅޭ ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، ދައުލަތުގެ މުއައްސަސާތަކަށް އިޞްލާޙުކުރަން އަންގާ ކަންކަމުގެ ތަފްޞީލްތައް ވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ކޮމިޝަނުގެ އިދާރީ ހިންގުމާއި ގުޅޭ އުސްއަލިތައްވެސް މިއަހަރުގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.
ކޮމިޝަނުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އޭސީސީގެ ވެބްސައިޓުގެ ލިންކް(https://acc.gov.mv/dv/publications/180) އިން ޑައުންލޯޑް ކުރެވޭނެއެވެ.