...

2018ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ބިތުފަންގި ބުލެޓިން ނެރެފި

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް އާއްމުންނަށް ހާސާކޮށް، ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ހޭލުންތެރިކުރުވުމަށް ނެރެމުންދާ ތޫރައިގެ ވޮލިއުމް 3ގެ 4ވަނަ އަދަދު ނެރެފިއެވެ. ތޫރައިގެ މި އަދަދު ނެރެދެއްވާފައިވަނީ 21 އެޕްރީލް 2019 ގައި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ކޮމިޝަނުން ބޭއްވި ޚާއްޞަ ޖަލްސާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޛު އަޙްމަދު ޝިފާޢުއެވެ. މި ތޫރައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނަސަންދުރަ ޕެލަސް ހޮޓަލް 50އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާ މައްސަލައިގެ ޚުލާސާ ހިމެނެއެވެ. އަދި އަބާންނަ ޅެން ފޮތުން ޅެމަކާއި، ތޫރައިގެ ވޮލިއުމް 3 ގެ 3ވަނަ އަދަދުގައި ހިމެނުނު 'ސްޓޭޓް ކެޕްޗަރ އާ ދެކޮޅު ދުސްތޫރީ މިންގަނޑުތައް' މި ލިޔުމުގެ ފަހުބައިގައި ހިމެނެއެވެ. މީގެ އިތުރުން، ކޮމިޝަންގެ މުވައްޒަފެއް ޕްރޮފައިލް ހުށަހަޅާފައިވެއެވެ. މިތޫރަ ކޮމިޝަނުގެ ވެބްސައިޓުގައި މިހާރުވަނީ ޝާއިޢު ކުރެވިފައެވެ.ހަތަރުވަނަ ކުއާޓަރގެ ބިތުފަންގި ބުލެޓިން ވިދީޅުވުމަށް