...

އޭސީސީ ގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ޕްރޮކިއުމެންޓް ސެޝަނެއް ނަގަދީފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް އޭސީސީގެ ފަރާތުން ކޮރަޕްޝަން އިން ޕްރޮކިއުމަންޓް ސެޝަންއެއް ނަގައިދީފިއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޕްރޮކިއުމަންޓް އަދި ބަޖެޓް ގައި މަސައްކަތް ކުރާ 6 މުވައްޒަފުން ބައިވެރިވި މި ސެޝަންގައި ޕްރޮކިއުމެންޓްގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވިފައިހުންނަ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ތެރެއިން ޚަރަދުކުރުމާއި ހިސާބު ބެލެހެއްޓުން އަދި ޕްރޮކިއުމެންޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. 1 ގަޑިއިރާ 30 މިނެޓްގެ މި ސެޝަން ކުރިއަށްދިޔައީ 26 މާރޗް 2023 ވީ އާދިއްތަ ދުވަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައެވެ. އަދި ސެޝަން ނަންގަވައިދެއްވީ އޭސީސީ ގެ ތަޖުރިބާކާރު ފަންނީ މުވަޒަފުންނެވެ.