...

އޭސީސީގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ސެޝަނެއް ނަގައިދީފި

އޭސީސީގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނަށް ކޮރަޕްޝަން ޕްރިވެންޝަން ސެޝަނެއް ނަގައިދީފިއެވެ.

ކޮރަޕްޝަނާއިމެދު މުވައްޒަފުން ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވުނު މިސެޝަން ގެންދެވިފައިވަނީ ކޮރަޕްޝަންގެ ކުށްތަކަކީ ކޮބައިކަން ބުނެދިނުމާއި ކޮރަޕްޝަންގެ ނުބައިކަން ހާމަކޮށްދިނުމާއި ގޮތް ނިންމުމުގައި ނާޒާހަތްތެރިކަން އިސްކުރެވިދާނެ ގޮތްތައް އުނގަންނައިދިނުމުގެ މައްޗަށެވެ.

16 ފެބުރުއަރީ 2023 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ 21 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އޭސީސީގެ ތަޖުރިބާކާރު ފަންނީ މުވައްޒަފުންނެވެ.