...

މީރާގެ އިންޑަކްޝަން ޓްރެއިނިންގ ޕްރޮގުރާމުގައި ކޮރަޕްޝަން ޕްރިވެންޝަން ސެޝަނެއް ނަގައިދީފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އިދާރާއާ އަލަށް ގުޅުނު މުވައްޒަފުންނަށް ޙާއްސަ ކޮށްގެން ކުރިއަށްގެންދިޔަ އިންޑަކްޝަން ޓްރެއިނިންގ ޕްރޮގްރާމްގައި އޭސީސީގެ ފަރާތުން، ކޮރަޕްޝަން ވިޔަނުދިނުމާއި ގުޅޭގޮތުން ސެޝަނެއް ނަގައިދީފިއެވެ.

މި ސެޝަންގައި ކޮރަޕްޝަން ގެ އަމަލުތަކަކީ ކޮބައިކަމާއި ކޮރަޕްޝަން ވިޔަނުދިނުމުގެ މުހިންމު ކަމާއި ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ދެވިފައިވެއެވެ. މީގެ އިތުރުން، ކޮރަޕްޝަނުގެ ނުބައިކަމާއި އެކަމުގެ ގެއްލުމާއި އަދި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ސެޝަންގައި އަލިއަޅުވާލާފައި ވެއެވެ.

9 ފެބުރުއަރީ 2023 ވީ ބުރާސްފަތި ދުވަހު މީރާގައި ކުރިއަށްގެންދިޔަ މި ސެޝަންގައި މީރާއާއި އަލަށް ގުޅުނު 11 މުވައްޒަފުން ބައިވެރިފައިވެއެވެ. 2 ގަޑި އިރަށް ކުރިއަށް ގެންދިޔަ މިސެޝަން ނަންގަވައި ދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.