...

ނެޝަނަލް ކަބްރެލީ އެންޑް ޕްރި-ކަބް ފަންޑޭ ހަރަކާތުގައި އޭސީސީ އިން ބައިވެރިވެއްޖެ

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ކަބްރެލީ އެންޑް ޕްރި-ކަބް ފަންޑޭ ހަރަކާތުގައި އޭސީސީ ގެ ފަރާތުން ބައިވެރިވެ ސްޓޯލެއް ހިންގައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 21 ޖެނުއަރީ 2023 ވީ ހޮނިހިރު ދުވަހު ހެނދުނު 9 ން ހަވީރު 6 ށް، ހުޅުމާލެ ސެންޓްރަލް ޕާރކް ގައެވެ. މިހަރަކާތުގައި އޭސީސީގެ ފަރާތުން ހިންގި ސްޓޯލްގައި ނަޒާހަތްތެރިކަމަކީ ކޮބަައިކަމާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން ވަނީ ކިޔަދީފައެވެ.

މި ހަރަކާތުގައި ގައި އޭސީސީގެ އިތުރުން ރާއްޖޭގެ ބައެއް އެހެން މުއައްސަސާތަކާއި ޤައުމުތަކުގެ އެންބަސީތައް އަދި ތަފާތު އެން.ޖީ.އޯ ތަކުން ބައިވެރިވެ ސްޓޯލްތައް ހިންގާފައިވެއެވެ.

ދަރިވަރުންނަށް ތަފާތު މައުލޫމާތާއި ތަޖުރިބާތައް ލިބެނިވި ޙަރަކާތްތައް ކުރިއަށް ގެންދެވުނު މި އިވެންޓްގައި މާލެސިޓީގެ ހުރިހާ ސުކޫލަކުން ގާތްގަނޑަކަށް ހާހެއްހާ ދަރިވަރުން މި އިވެންޓް ފުރިހަމަ ކޮށްފައިވެއެވެ.