...

"މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތް މިއަދު ފަށަނީ

މިނިވަން މުއްސަސާތަކުގެ މެދުގައި ބާއްވާ "މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތް މިއަދު ފަށާނެއެވެ.

މިއީ ދަޢުލަތުގެ މިނިވަން މުއްސަސާތަކުގެ ގުޅުން ހަރުދަނާކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހުއާލާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރެކްރިއޭޝަން ކްލަބް "އޭސީސީއާރުސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރެކްރިއޭޝަން ކްލަބް "އެޗްއާރުއާރުސީ" އިން އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މަހުގެ 4 އިން 10 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އޭސީސީ އަދި އެޗްއާރުސީއެމްގެ އިތުރަށް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، އިލެކްޝަންސް ކޮމިޝަން (އީސީ)، އޮޑިޓަރ ޖެނަރަލްގެ އޮފީސް (އޭޖީއޯ)، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ރައްޔިތުންގެ މަޖިލިސް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް (ސީއޯއޯ)، އޮމްބަޑްސް ޕަރސަން ފޮރ ޓްރާންސިޝަނަލ ޖަސްޓިސް(އޯޓީޖޭ)، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)، ސިވިލްސަރވިސް ކޮމިޝަން (ސީއެސްސީ)، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީއޯ) އަދި ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންނެވެ.

އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލާއިގެން ވަކިވަކިން ކުރިއަށްގެންދާ މި މުބާރާތުގައި އަންހެން 11 ޓީމާއި، ފިރިހެން 12 ޓީމުން ބައިވެރިވެއެވެ. ޗެމްޕިއަން ޓީމަށް 10000 ރުފިޔާއާއި މިލްކުވާ ތަށީގެ އިތުރުން ރަން މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުއަތުލުން މިހާރުވަނީ ބާއްވާފައެވެ.

"މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މުބާރާތް ބޭއްވުމުގައި އެމްޑަބްލިއުއެސްސީ އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.