...

ގުޅިގެން މަސައްކަތް ކުރުމަށް އޭސީސީން އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ގުޅިގެން މަސައްކަތް ކުރުމަށް އޭސީސީން އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާ އަކީ ތަރުބިއްޔަތާއި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެނެވުމަށް އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި ފަހުމުނާމާގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ޢަލީ އެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތަޛް އާދަމް ޝާމިލް އެވެ.