...

ތަޙުޤީގުގައި އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި އޭސީސީއާ މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ސޮއިކޮށްފި

ތަޙުޤީގުކުރުމުގައި އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި އޭސީސީއާ މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއެވެ. އަދި އެމްއޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ޗީފް ކޮމިޝަނަރ، ތާން ސްރީ ދާތޯ، ސްރީ ޢަޒަމް ބިން ބަކީ އެވެ.

މި އެއްބަސްވުމަކީ ކޮރަޕްޝަންގެ ކުށްތައް ތަޙުޤީގު ކުރުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުގެ އިތުރަށް ޕްރިވެންޝަންގެ މަސައްކަތްތަށް އިތުރުކޮށް، އެކި ދާއިރާތަކުން މަޢުލޫމާތާއި، ތަމްރީނާއި، ތަޖުރިބާއާ އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އޭސީސީއާ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމް.އޭ.ސީ.ސީ)އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ.