...

ސިޕްފާ އިންޓަރނޭޝަނަލް ސެޓްފިކެޓް އިން ކޮރަޕްޝަން އިންވެސްޓިގޭޝަން ކޯސް ފުރިހަމަކޮށް އޭސީސީގެ 24 އިންވެސްޓިގޭޓަރުން ސެޓްފިކެޓް ހާސިލުކޮށްފި

"ސިޕްފާ އިންޓަރނޭޝަނަލް ސެޓްފިކެޓް އިން ކޮރަޕްޝަން އިންވެސްޓިގޭޝަން ކޯސް"، ފުރިހަމަކޮށް އޭސީސީގެ 24 އިންވެސްޓިގޭޓަރުން ސެޓްފިކެޓް ހާސިލުކޮށްފިއެވެ.

އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއާ ކޮމިޝަނުގެ މެންބަރުންގެ އިތުރުން އޭބީއޭގެ ސީނިއަރ ޕްރޮގްރާމް މެނޭޖަރ، އަލްފާޟިލާ ހުމަދާ އަޙުމަދުއެވެ.

ދިވެހިރާއްޖޭގައި އަލަށް އިންވެސްޓިގޭޓަރުން ކޮރަޕްޝަން އިންވެސްޓިގޭޝަނަށް ތަމްރީނުކުރުމަށް ހިންގުނު މިކޯސް ނިމިގެންދިއުމާއެކު މިއަދުން ފެށިގެން މިކޮމިޝަނުގައި 24 އިންވެސްޓިގޭޓަރުން "އިންޓަރނޭޝަނަލް ސެޓްފިކެޓް އިން ކޮރަޕްޝަން އިންވެސްޓިގޭޝަން ކޯސް" ފުރިހަމަކޮށްފައި ތިބޭނެއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރު ޝަޒްނާ ޙާޝިމް ވިދާޅުވީ އިންވެސްޓިގޭޝަންގެ ފެންވަރު މަތިކުރުމުގެ މަޤުޞަދުގަ ސަޓިފައިޑް އިންވެސްޓިގޭޓަރުން އުފެއްދުމަށްޓަކާ ހިންގުނު މި ޕްރޮގްރާމުން ލިބުނު ހުނަރުގެ އަލީގައި، މަސައްކަތުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުން މުހިއްމުކަމަށެވެ. އަދި އިންވެސްޓިގޭޓަރުންގެ ފެންވަރު މަތިކުރުމަށާއި، މަސައްކަތްތައް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ކޮމިޝަނުގެ މެންބަރުން ގެންނަވާނެކަކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން އެމެރިކަން ބަރ އެސޯސިއޭޝަން އޭބީއޭގެ އިސްބޭފުޅުން ބައިވެރިވިއެވެ. 

އޭސީސީގެ ތަޙުޤީޤުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ އިންވެސްޓިގޭޓަރުންނަށް ޚާއްޞަކޮށްގެން ސިޕްފާ އިން ކުރިއަށްގެންދިޔަ މި ކޯހަކީ، ޔޫ.އެސް އެއިޑްގެ ސްޓްރޯންގ އެންޑް އިންކްލޫސިވް މޯލްޑިވިއަން ޑިމޮކްރަސީ ޕްރޮގްރާމްގެ ދަށުން އެމެރިކަން ބަރ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނީޝިއޭޓިވް މެދުވެރިއެއްގެ އެއްބާރުލާމާއެކު ކުރިއަށްގެންދިޔަ ކޯހެކެވެ.