...

އޭސީސީއިން ހުޅުމާލޭ ހޮސްޕިޓަލްގެ ބަލިމީހުންގެ ގާތަށް ޒިޔާރަތްކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންނާއި މުވައްޒަފުން ހުޅުމާލޭ ހޮސްޕިޓަލްގައި އެނދުމަތިކޮށްފައިވާ ބަލިމީހުންގެ ގާތަށް ޒިޔާރަތްކޮށްފިއެވެ. 2019 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި އޭސީސީއިން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކޮންމެ ބަލިމީހަކަށް އޭސީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާއެއް ދީފައެވެ.