...

ޕްރެކްޓިސް ޕާލިމަންޓް ފޮރ ޔޫތް ޕްރޮގަރާމްގެ ބައިވެރިންނަށް އޭސީސީން ސެޝަނެއް ނަގައިދީފި

ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު"ގެ ބައިވެރިންނަށް އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ކޮރަޕްޝަނަށް ހޭލުންތެރިކުރުމާގުޅޭ ސެޝަނެއް ނަގައިދީފިއެވެ.

މިއީ ޔޫއެންޑީޕީ މޯލްޑިވްސްއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ގުޅިގެން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ސެޝަންގައި، އެންޓި ކޮރަޕްޝަނާއި ބެހޭ މައުލޫމާތުގެ އިތުރުން ކޮރަޕްޝަނުގެ ގެއްލުމާއި ނަޒާހަތްތެރިކަމުގެ މުހިންމުކަމުގެ މައްޗައް އަލިއަޅުވާލައި، ކޮރަޕްޝަނާއި ދެކޮޅަށް ޒުވާނުންނަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް މަޝްވަރާ ކުރެވިގެން ދިޔައެވެ.

 25 ބައިވެރިންނާއެކު ގަޑިއެއްހާއިރަށް ކުރިއަށްގެންދިޔަ މި ސެޝަން ނަގައިދީފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަންނީ މުވައްޒަފުންނެވެ.