...

ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް އޭސީސީގެ ފަރާތުން ސެޝަނެއް ނަގައިދީފި.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް، އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. 28 ޖޫން 2022 ގައި ދޮޅުގަޑިއިރަށް ކުރިއަށް ދިޔަ މިސެޝަންގައި ނަޒާހަތްތެރިކަމާއި އެންޓި-ކޮރަޕްޝަނާ ބެހޭ މައުލޫމާތު ބައިވެރިންނަށް ދީފައިވެއެވެ. 65 ބައިވެރިން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޒޫމް މެދުވެރިކޮށް، އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.