...

އޭސީސީގެ ފަރާތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިންޑަކްޝަން ޕްރޮގްރާމުގައި ކޮރަޕްޝަނާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިދީފި

  އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ސެޝަނެއް ނަގައިދީފިއެވެ. މިރާއަށް އަލަށް ގުޅުނު މުވައްޒަފުންނަށް އަމާޒުކޮށްގެން މީރާ އިން ކުރިއަށް ގެންދާ އިންޑަކްޝަން ޕްރޮގްރާމުގެ ތެރެއިން 23 ޖޫން 2022 ވަނަ ދުވަހު ނަގައިދިން މި ސެޝަނުގައި މީރާގެ 10 މުވައްޒަފުން ބައިވެރިވިއެވެ.


         މި ސެޝަނުގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު ހުށަހަޅައި ދީފައިވެއެވެ. މިގޮތުން، ކޮރަޕްޝަނުގެ ކުށްތަކާއި، ރާއްޖޭގެ ކޮރަޕްޝަނުގެ ޙާލަތު އަދި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، މަސައްކަތުގެ މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރަންޖެހޭ ސަބަބުތަކާ ބެހޭ ގޮތުން މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ. 2 ގަޑި އިރާއި 45 މިނެޓަށް ކުރިއަށް ގެންދިޔަ މިސެޝަން ނަންގަވައި ދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.