...

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމެއް ހިންގައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން 2022 މޭ 30 އަދި 31 ވަނަ ދުވަހު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މީޓިންގ ރޫމުގައި ކުރިއަށް ގެންދިޔަ 2 ސެޝަންގެ ތެރެއިން ފުރަތަމަ ސެޝަން ޚާއްޞަ ކުރެވުނީ ނަޒާހަތްތެރިކަމާއި އެންޓި-ކޮރަޕްޝަނާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނުމަށެވެ. އަދި 2 ވަނަ ސެޝަން ޚާއްޞަ ކުރެވުނީ ޕްރޮކިއުމެންޓްގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވިފައިހުންނަ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނުމަށެވެ.

5 ގަޑިއިރަށް ކުރިއަށް ގެންދިޔަ 2 ދުވަހުގެ މި ޓްރެއިނިންގ ޕްރޮގްރާމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 20 މުވައްޒަފަކު ބައިވެރިވިއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ނަންގަވައި ދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.