...

މައްސަލަ ޕްރިއޮރަޓައިޒް ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލައި ޢާންމުކޮށްފި

އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، މައްސަލަތައް ތަރުތީބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލައި ޢަމަލުކުރަންފަށައިފިއެވެ.

މި އުޞޫލުގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކަށް އިސްކަންދެވޭނެ މަރުޙަލާތަކާއި، ޢާންމު އުޞޫލެއްގެ ގޮތުން ޚާއްސަ އިސްކަމެއް ދީގެން މައްސަލަ ތަޙުޤީޤުކުރުމަށް ނިންމާނެ ޙާލަތްތައް ކަނޑައަޅާފައި ވެއެވެ.

މި އުޞޫލަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަޙުޤީޤުކުރުމުގައި ޢަމަލުކުރެވެނީ އެއްހަމައަކުން، ދެފުށްފެންނަ ގޮތުގައިކަން ޔަޤީންކުރުމަށާއި، އަދި މައްސަލަތައް ތަޙުޤީޤުކުރުމުގައި ޢަމަލުކުރެވެނީ ޖަވާބުދާރީކުރެވެނިވި ނިޒާމެއްގެ ތެރެއިންކަން ކަށަވަރުކުރުމަށާއި، ވަކި މައްސަލައަކަށް އިސްކަންދީގެން ތަޙުޤީޤުކުރުމަށް ނިންމާ ނިންމުމަކީ ޒާތީ ތަޢައްސުބުންނާއި ނުފޫޒުން އެއްކިބާވެ ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުޞޫލެކެވެ. މިއުޞޫލު މިހާރުވަނީ އޭސީސީގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢުކުރެވިފައެވެ.