...

އެންޓި-ކޮރަޕްޝަން ކޮމިޝަނުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތައް އަނބުރާ ހޯދުމަށް، ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވޭތުވެދިޔަ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ތަޙްޤީޤުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ 1,570,814.44 (އެއްމިލިއަން ފަސްސަތޭކަ ހަތްދިހަހާސް އަށްސަތޭކަ ސާދަ ރުފިޔާ ސާޅީސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެދި، ކަމާގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ.