...

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމެއް ހިންގައިފި

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމެއް ހިންގައިފިއެވެ. ދެ ސެޝަނަކަށް ބައިވެރިން ބަހައިލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 7 އޭޕްރީލް 2022 ވީ ބުރާސްފަތި ދުވަހު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޓްރެއިނިންގ ހޯލްގައެވެ. 

ޖޭ.އެސް.ސީ ގެ 22 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމްގައި، ދަޢުލަތުގެ މުވައްޒަފުންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމާއި، ދަޢުލަތުގެ މުއައްޞަޞާތަކުން ކޮރަޕްޝަނުގެ ޢަމަލުތައް ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވުނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.