...

ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް އޭ.ސީ.ސީގެ ފަރާތުން ސެޝަނެއް ނަގައިދީފި.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ ފަރާތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް، އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. 29 މާރިޗް 2022 ގައި ބޭއްވި މިސެޝަންގައި، އެންޓި-ކޮރަޕްޝަނާއި ބެހޭ މައުލޫމާތުގެ އިތުރުން ނަޒާހަތްތެރިކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލައި، މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރާނޭ ގޮތްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ދީފައިވެއެވެ. ސިވިލް ސަރވިސްއަށް އަލަށް ގުޅިވަޑައިގެންނެވި 67 ފަރާތަކުން ބައިވެރިވެލެއްވި މިސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް، އޭ.ސީ.ސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.