...

އިންޓަރނޭޝަނަލް ސެޓިފައިޑް އިންވެސްޓިގޭޝަން ޓްރޭނިންގއެއް ފަށައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޓަރުންނަށް ޚާއްޞަކޮށް އިންޓަރނޭޝަނަލް ސެޓިފައިޑް އިންވެސްޓިގޭޝަން ޓްރެއިނިންގއެއް ފަށައިގެން ކުރިޔަށް އެބަ ދެއެވެ.  

 

ދަ ޗާރޓާޑް އިންސްޓިޓިއުޓް އޮފް ޕަބްލިކް ފައިނޭންސް އެންޑް އެކައުންޓެންސީ (ސިޕްފާ) އާ ގުޅިގެން ކުރިއަށްގެންދާ "އިންޓަރނޭޝަނަލް ސެޓިފިކެޓް އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" އަކީ މި ކޮމިޝަނުން ތަޙުޤީޤުކުރާ ކޮރަޕްޝަނުގެ ކުށްތައް ތަޙުޤީޤުކުރުމަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ޓްރޭނިންގއެކެވެ. މިއީ އެމެރިކަން ބަރ އެސޯސީއޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޓްރޭނިންގއެކެވެ.

 

އީ-ލަރނިންގ ސެޝަންތަކަކާއެކު މި ޓްރޭނިންގ 2022، ފެބުރުވަރީ 14 ވަނަ ދުވަހު ފަށައިފައިވާއިރު މިއަދު ވަނީ މި ޓްރެއިނިންގގެ ފުރަތަމަ ގުރޫޕްގެ ފޭސް-ޓު-ފޭސް ޓްރޭނިންގ ނިމިފައެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ފޭސް-ޓު-ފޭސް ބައިތަކުގެ ދެވަނަ ގްރޫޕްގެ ޓްރޭނިންގތަށް އަންނަ ހަފްތާގައި ކުރިއަށް ގެންދެވޭނެއެވެ.

 

މި ޓްރޭނިންގގައި ކިޔަވައި ދެއްވަނީ ދާއިރާގެ ތަޖުރުބާކާރެއް ކަމަށްވާ ސިޕްފާގެ ކައުންޓަރ ފްރޯޑް ޓްރޭނިންގގެ ހެޑް މިސްޓަރ ލެސް ޑޯބީއެވެ.

 

މި ޓްރޭނިންގގެ ދަށުން ކޮމިޝަނުގެ 30 އިންވެސްޓިގޭޓަރުން ސެޓިފައިޑް ކޮރަޕްޝަން އިންވެސްޓިގޭޓަރުންގެ ގޮތުގައި ތަމްރީން ކުރެވިގެންދާނެވެ.