...

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ޢައްޔަންކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުންގެ ގޮތުގައި 5 (ފަހެއް) ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4ވަނަ މާއްދާގައިވާ ގޮތުގެމަތީން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ޢައްޔަންކުރައްވާފައިވަނީ 2022 މާރިޗު 17 ވީ ބުރާސްފަތި ދުވަހުގައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުކަމަށް އަލަށް ޢައްޔަންކުރެއްވި 5 (ފަހެއް) ބޭފުޅުންނަކީ:

1.     އަލްއުސްތާޛު އާދަމް ޝާމިލް      ރަތްވިލާގެ، ތ.ތިމަރަފުށި

2.     އަލްއުސްތާޛު ޢަބްދުއްސަލާމް      ހަވާ، ށ.ނަރުދޫ

3.     އަލްއުސްތާޛު ޠާހާ މުޙައްމަދު      ކަޅިހާރުގެ، އދ.މާމިގިލި

4.     އަލްފާޟިލާ ޝަޒްނާ ހާޝިމް      ރިހިވިލު، ހދ.ނޮޅިވަރަންފަރު

5.     އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު    ނާރެސް ރ.ހުޅުދުއްފާރު