އޭސީސީގެ ރައީސްގެ މަޤާމަށް އާދަމް ޝާމިލް އަދި ނާއިބުރައީސްގެ މަޤާމަށް ޢަބްދުއްސަލާމް ޢައްޔަންކޮށްފި.
17 މާރިޗު 2022
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއްސަލާމް ޢައްޔަންކުރައްވައިފިއެވެ.
ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއް ސަލާމް ޢައްޔަންކުރައްވާފައި މިވަނީ، ކޮމިޝަނުގެ ރައީސް އަދި ނާއިބުރައީސްގެ މަޤާމަށް މީހަކު ޢައްޔަނުކުރުމަށްޓަކައި މިއަދު
(17 މާރިޗު 2022) ގައި ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ޖަލްސާގައި، މެމްބަރުންގެ އިއްތިފާގުންނެވެ.