...

ޑައިރެކްޓާސް ޓްރެއިނިންގ ޕްރޮގުރާމުގައި އެންޓި-ކޮރަޕްޝަން އަދި ޕްރޮކިއުމަންޓާއި ބެހޭ ސެޝަނެއް ނަގައިދީފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ފަރާތުން ކުރިއަށް ގެންދާ ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭ.ސީ.ސީގެ ފަރާތުން ސެޝަނެއް ނަގައި ދީފިއެވެ. 13 މާރިޗް 2022 ވީ އާދިއްތަ ދުވަހު ނަގައިދިން މި ސެޝަން ފޯކަސް ކޮށްފައިވަނީ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ އިތުރުން، ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލުގެ މައްޗަށެވެ. މީގެ އިތުރުން، ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗައްވެސް މި ސެޝަންގައި އަލިއަޅުވައިލައި ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 12 ބައިވެރިން ބައިވެރިވި މި ސެޝަން، އޮންލައިންކޮށް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.