...

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޕްރޮކިއުމަންޓް ޓްރެއިނިންގ ސެޝަނެއް ނަގައިދީފި

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް އޭ.ސީ.ސީގެ ފަރާތުން ޕްރޮކިއުމަންޓް ޓްރެއިނިންގ ސެޝަނެއް ނަގައި ދީފިއެވެ. 5 މާރިޗު 2022 ވީ ހޮނިހިރު ދުވަހުގެ 10:00 ގައި އޭސީސީގެ ޓްރެއިނިންގ ހޯލުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި، ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ތެރެއިން ޚަރަދުކުރުމާއި ހިސާބު ބެލެހެއްޓުން އަދި ޕްރޮކިއުމެންޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ޕްރޮކިއުމެންޓްގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވިފައިހުންނަ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

2 ގަޑިއިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ސެޝަނުގައި ޖޭ.އެސް.ސީ ގެ 20 މުވައްޒަފަކު ބައިވެރިވިއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ނަންގަވައި ދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.