...

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ދިވެހިބަހުގެ ތަމްރީނެއް ކުރިއަށް ގެންގޮސްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް، ދިވެހިބަހުގެ ގަވާއިދާއި ބަހުގެ ހަމަތައް އުނގަންނައި ދިނުމުގެ މަގުސަދުގައި ދިވެހިބަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެންބަރު މަހުގެ 16 އަދި 17 ވަނަ ދުވަހުގައި ކުރިއަށް ގެންދިޔަ މި ތަމްރީނުގައި ކިޔަވައި ދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ، ޢަބްދުﷲ ޖަމީލެވެ.

ކޮމިޝަނުގެ ޓްރެއިނިންގ ހޯލުގައި ކުރިއަށް ގެންދިޔަ މި ތަމްރީނުގައި އަލި އަޅުވާލެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި ދިވެހިބަހުގައި އާންމުކޮށް ބޭނުންކުރާ ކުށް ބަސްތަކާއި، ކުށް އިބާރާތްތަކާއި ތިކި ޖެހި ތާނައާއި ސުކުން ކުރުމާއި ލަފުޒު ދުރުކުރުން ފަދަ ދިވެހިބަހުގެ ގަވާއިދުތައް ހިމެނެއެވެ.

މި ޓްރެއިނިންގގައި ކޮމިޝަނުގެ އެކި ޑިޕާޓްމެންޓްތަކުން 25 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.