...

އޭ.ސީ.ސީ މުވައްޒަފުންނަށް ރިސަރޗް ޓްރެއިނިންގއެއް ކުރިއަށް ގެންގޮސްފި

އޭ.ސީ.ސީގެ ޕްރިވެންޝަން މުވައްޒަފުންނަށް އަމާޒުކޮށްގެން ރިސަރޗް ޕްލޭނިންގ އަދި ރިސަރޗް މެތެޑޮލަޖީ ޓްރެއިނިންގއެއް ކުރިއަށް ގެންގޮސްފި އެވެ.

ނޮވެމްބަރ މަހުގެ 1 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އެ.ސީ.ސީގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގގެ މައިގަނޑު މަޤްސަދަކީ ރިސަރޗް ޕްލޭން ކުރާނެ ގޮތާއި ރިސާރޗް ކުރުމަށް ބޭނުން ކުރާނެ ތަފާތު ގޮތްތައް އޮޅުންފިލުވައި އެއަށް އަހުލުވެރި ކުރުމެވެ.

މި ޓްރެއިނިންގ ނަންގަވައި ދެއްވީ ރިސަރޗް އެންޑް ކޮންސަލްޓެންސީ މޯލްޑިވްސްގެ ތަޖުރިބާކާރުންނެވެ.

މި ޓްރެއިނިންގގައި ޕްރިވެންޝަން މުވައްޒަފުންގެ އިތުރުން އެހެން ޑިޕާޓްމެންތަކުގެ މުވައްޒަފުންނާއި އެކު ޖުމްލަ  18 މުވައްޒަފުން ވަނީ ބައިވެރި ވެފައެވެ.