...

ގްރޭންޑް ކޮރަޕްޝަން އެންޑް ލޯންޑެރިންގ ކޮރަޕްޓް ޕްރޮސީޑް ޓްރެއިނިންގ ގައި އޭ.ސީ.ސީ އިން ބައިވެރި ވެއްޖެ

ގްރޭންޑް ކޮރަޕްޝަން އެންޑް ލޯންޑެރިންގް ކޮރަޕްޓް ޕްރޮސީޑް ޓްރެއިނިންގް އެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ބައިވެރި ވެއްޖެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާ މި ޓްރެއިނިން އަކީ މެލޭޝިއާގެ އެންޓި ކޮރަޕްޝަން އެކެޑެމީ (މާކާ) ގެ ފަރާތުން މިމަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގ އެކެވެ.

މި ޓްރެއިނިންގގައި މައިގަނޑުގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ މަނީ ލޯންޑްރިންގް އާއި އެސެޓް ރިކަވަރ ކުރުމުގައި ގެންގުޅެންވީ އުސޫލުތަކާއި މިފަދަ މައްސަލަ ތަކުގެ ތަހުޤީޤު ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ކޯޕަރޭޝަންތަކާއި ގުޅުން ބަދަހި ކުރާނެ ގޮތުގެ މައްޗަށެވެ.

މި ޓްރެއިނިން ނަންގަވައި ދެއްވީ މާކާގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.

މި ޓްރެއިނިންގ ގައި އޭ.ސީ.ސީގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ މަރިޔަމް ލިއުޝާ އަދި އިންވެސްޓިގޭޝަން އޮފިސަރ ހުސެއިން ނުހާދު ވަނީ ބައިވެރި ވެފައެވެ.