...

އިންޓަލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންގ ޕްރޮގްރާމެއްގައި އޭ.ސީ.ސީ އިން ބައިވެރިވެއްޖެ

އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންގ ޕްރޮގްރާމެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ބައިވެރިވެއްޖެ އެވެ.

މެލޭޝިއާ އެންޓި-ކޮރަޕްޝަން އެކަޑެމީ (މާކާ) އިން މި އޮކްޓޫބަރު މަހުގެ 12 އިން 14 އަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި 'އިންޓެލިޖަންސް' މަޢުލޫމާތު ބޭނުންކޮށްގެން ތަޙްޤީޤުތައް ހިންގުމާބެހޭގޮތުން މަޢުލޫމާތު ހިއްސާ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި މައްސަލަތައް ތަހުޤީޤު ކުރުމުގައި މަޢުލޫމާތު އެއްކުރުމުގެ މުހިއްމުކަމާއި ތަހުޤީޤުކުރާ މައްސަލަތަކުގައި އިންޓެލިޖެންސް މަޢުލޫމާތު ބޭނުން ކުރާނެ ގޮތާއި ބަލަމުންދާ މައްސަލަތަކާއި ގުޅިގެން އިންޓެލިޖެންސް މަޢުލޫމާތު އެއްކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ބައިވެރިންނާއި ހިއްސާ ކޮށްފައެވެ.

މިޕްރޮގްރާމުގައި ކިޔަވައި ދެއްވީ މާކާގެ ދާއިރާއާއި ގުޅުން ހުރި ޕްރޮފެސަރުންނެވެ.

މި ޕްރޮގްރާމުގައި އޭ.ސީ.ސީގެ ފަރާތުން އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރަށް 4 މުވައްޒަފަކު ވަނީ ބައިވެރިވިއެވެ.