...

މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓްރެއިނިންގއެއް ކޮމިޝަންގެ މުވައްޒަފުންނަށް ހިންގައިފި

މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓްރެއިނިންގ ޕްރޮގްރާމެއް އެންޓިކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެދިލެއްވުމަކަށް އެމެރިކަން ބާރ އެސޯސިއޭޝައުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 13 އިން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ ޕްރޮގްރާމް އޮފިސަރ މޮނިޓަރިންގ އެންޑް އިވެލުއޭޝަން، ކާރލިން ވެން ޝައިކްއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ ޓްރޭނިންގ ހޯލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަންނާނެ ގޮތުގެ މަޢުލޫމާތާއި ކޮމިޝަނުން ހާސިލުކުރެވޭ މިންވަރު މޮނިޓަރކުރުމުގެ ނިޒާމު ހަރުދަނާކުރެވިދާނެ ގޮތްތަކާއި އެކަންކަން ބަލައި، ތަންފީޒުކުރާގޮތްތަކާއި ގުޅޭ މަޢުލޫމާތުވެސް ދެވުނެވެ. މިގޮތުން، މޮނިޓަރިން އެންޑް އިވެލުއޭޝަނަށް ހާއްސަކޮށްގެން ހިންގުނު މި ޓްރެއިނިންގ ޕްރޮގްރާމުގައި ކޮމިޝަނުގެ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.