...

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނަގައިދީފި

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)ގެ ގްރޭޑް 11 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންގޮސްފިއެވެ.

މިސެޝަންތަކަކީ، އޭސީސީން ހިންގާ ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމުގެ ދަށުން، މަތީ ޘާނަވީ ދަރިވަރުންނަށް ޚާއްޞަކޮށްގެން، އުނގެނުމުގެ ތެރެއިން ސްކޫލު މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ބާރުއަޅައި، ނަޒާހަތްތެރި މުޖުތަމަޢްއެއް ބިނާކުރުމުގެ މަޤްޞަދުގައި މި ކޮމިޝަނުން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މިގޮތުން، 3 އިން 10 އޮކްޓޯބަރ 2021 އަށް ކުރިއަށް ގެންދިޔަ ޖުމްލަ 15 ސެޝަނުގައި 386 ދަރިވަރުން ބައިވެރިވިއެވެ. ސެޝަންތަކުގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމުގެ އަސާސްތަކާއި، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗުތައް އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންތައް ނަގައި ދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.