...

އޭސީސީގައި އޯޕަން ޑޭއެއް ބާއްވައިފި


ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މާލޭގެ ކޮލެޖް ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން އޯޕަން ޑޭއެއް ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2019 އެޕްރީލް 9 ވީ އަންގާރަ ދުވަހުގެ ހެނދުނު އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ.

މި އޯޕަން ޑޭގައި ބައިވެރިވި ދަރިވަރުންނަށް އޭސީސީގެ އެކިއެކި ސެކްޝަން އަދި ޔުނިޓްތަކުން ކުރާ މަސައްކަތްތަކުގެ ޕްރެސެންޓޭޝަންއެއް ދެވިފައިވެއެވެ. އަދި އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުޤީޤު ކުރިއަށް ގެންދާގޮތުގެ ތަމްސީލަކާއި މުޅި އޮފީހުގެ ޓުއަރއެއް ދަރިވަރުންނަށް ދެވިގެން ދިޔައެވެ. މި ހަރަކާތުގައި އޭސީސީގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދު، ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާ އަދި ސެކްޝަންތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.