...

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންގޮސްފިއެވެ.

26 ސެޕްޓެމްބަރ 2021 ގައި، 1 ގަޑިއިރާ 30 މިނެޓަށް ކުރިއަށް ގެންދިޔަ މިއިން ކޮންމެ ސެޝަނެއްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމުގެ އަސާސްތަކާއި، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗުތައް އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންތަކުގައި ޖުމްލަ 250 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއީ އުނގެނުމާއި އުގަންނައިދިނުމުގެ ތެރެއިން ސްކޫލު މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ބާރުއަޅައި، ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި މި ކޮމިޝަނުން ކުރިއަށް ގެންދާ ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމުގެ ދަށުން މަތީޘާނަވީ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މި ސެޝަންތައް ހުށަހަޅައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.