...

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ވިހެއުމުގެ ޗުއްޓީ 6 މަސްދުވަސް ދޭގޮތަށް ހަމަޖައްސައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތު 01 އޭޕްރީލް 2019 އިން ފެށިގެން އިތުރުކޮށްފިއެވެ. މިގޮތުން މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްޙީ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ، މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތަކުން އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ނުވަތަ އެކަން ބަޔާންކުރާ ލިޔުމެއް ހުށަހެޅުމުން އެމުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީޚުން ފެށިގެން ނުވަތަ އެމުވައްޒަފަކު ވިހެއި ތާރީޚުން ފެށިގެން 06 (ހަމަސް) ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން އެމުވައްޒަފެއްގެ މުސާރައާއި ޢިނާޔަތްތަކާއެކު ދިނުމަށް ކޮމިޝަނުން ނިންމައިފިއެވެ.

މީގެއިތުރުން އަނބިމީހާ ވިހެއުމާއި ގުޅިގެން ފިރިހެން މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް، ދަރިފުޅު އުފަންވާ ތާރީޚުން ފެށިގެން 07 މަސް ދުވަސްވުމާ ދެމެދު ބަންދު ދުވަސްތައް ހިމަނައިގެން 1 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.