...

ޑައިރެކްޓަރ ޓްރެއިނިންގ ޕްރޮގުރާމުގައި އެންޓި-ކޮރަޕްޝަން އަދި ޕްރޮކިއުމަންޓާއި ގުޅޭ ސެޝަނެއް ނަގައިދީފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ފަރާތުން ކުރިއަށް ގެންދާ ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭ.ސީ.ސީގެ ފަރާތުން ސެޝަނެއް ނަގައި ދީފިއެވެ. 22 ފެބްރުއަރީ 2020 ވީ  ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވި މި ޓްރެއިނިންގ ޕްރޮގްރާމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި އަމިއްލަ ބައެއް ކުންފުނިތަކުގެ ބޯޑް ޑައިރެކްޓަރުން އަދި އިސްމަޤާމުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

 މި ސެޝަންގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އަލި އަޅުވައިލައި، ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.

މި ސެޝަން ނަންގަވައި ދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.