...

ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް ކޮރަޕްޝަން ހުއްޓުވުމާ ބެހޭގޮތުން މަޢުލޫމާތު ދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް، އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބުރުވަރީ 17 ވީ ބުދަ ދުވަހު ޒޫމް މެދުވެރިކޮށެވެ.

ދޮޅުގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ބައިވެރިންނަށް ދެވުނެވެ. 21 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައި ވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންންނެވެ.