ރިޕޯޓް ލިޔުމާ ގުޅޭ ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި
23 މާރިޗު 2019
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ރިޕޯޓް ލިޔުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.މި ތަމްރީނު ޕްރޮގްރާމުގައި، ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ހިމަނަން ޖެހޭ ބައިތަކާއި، ރިޕޯޓްގެ ބާވަތްތަކާއި، ރަނގަޅު ފެންވަރުގެ ރިޕޯޓެއް ލިޔުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. މި ތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރައްވާފައިވާ ފަރާތެއް ކަމުގައިވާ، އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ސަޢީދެވެ. 02 ދުވަހަށް ބަހާލައިގެން، މުޅިއެކު 04 ގަޑި އިރަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި އޭސީސީގެ 69 މުވައްޒަފުން ބައިވެރިވެފައިވެއެވެ.