...

އޭސީސީގެ ފަރާތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިންޑަކްޝަން ޕްރޮގްރާމުގައި ކޮރަޕްޝަނާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިދީފި

އޭސީސީގެ ފަރާތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަލަށް ގުޅުނު މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގްރާމުގައި ކޮރަޕްޝަނާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިދީފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 4 ޖަނަވަރީ 2021 ވީ ހޯމަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޓްރެއިނިންގް ހޯލުގައެވެ. ދެގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ބައިވެރިންނަށް ދީފައިވެއެވެ. މި ޕްރޮގްރާމު ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.