...

އޭސީސީގެ ފަރާތުން މިނިސްޓްރީ އޮފް ހޯމް އެފްއާޒްގެ މުވައްޒަފުންނަށް ޕްރޮކިއުމަންޓް ސެޝަނެއް ނަގައިދީފި

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މުވައްޒަފުންނަށް އޭ.ސީ.ސީގެ ފަރާތުން ޕްރޮކިއުމަންޓާއި ބެހޭ ސެޝަނެއް ނަގައި ދީފިއެވެ. މި ސެޝަންގައި ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.

2020 އޮކްޓޫބަރު 22 ވީ ބުރާސްފަތި ދުވަހު އޭ.ސީ.ސީގެ ކޮންފަރެންސް ރޫމްގައި ބޭއްވި މި ޓްރެއިނިންގ ޕްރޮގްރާމުގައި ޖުމްލަ 12 ބައިވެރިންވަނީ ބައިވެރިވެފައެވެ. 2 ގަޑިއިރުގެ މި ސެޝަން ނަންގަވައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.