...

އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ ވޯކްޝޮޕްއެއް އޭސީސީގައި ބާއްވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ) އާ ގުޅިގެން އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ ވަރކްޝޮޕް ރާއްޖޭގައި ބާއްވާފިއެވެ.މި މާރިޗު މަހުގެ 20 އިން 21 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ކޮރަޕްޝަނާ ދެކޮޅަށް ކޮމިޝަނުން ކުރެވޭ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފުރިހަމައަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރުމެވެ.އެންޓި- ކޮރަޕްޝަން ކޮމިޝަންގައި ކުރިއަށްގެންދިޔަ މި ވޯކްޟޮޕް ކުރިއަށް ގެންގޮސްދެއްވީ ޔޫއެއްއޯޑީސީގެ ރީޖަނަލް އެޑްވައިޒަރެއް ކަމުގައިވާ ޒޮރާނާ މާކޮވިޗް އަދި އެކްސްޕާރޓް ސްޕީކާރ، ޑޭވަރ ޑުބްރެވިކާއެވެ. 2 ދުވަހަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި އޭސީސީގެ ކަމާ ގުޅޭ 30 މުވައްޒަފުން ބައިވެރިވެއެވެ.