...

އޭސީސީގެ ފަރާތުން އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުންނަށް ކޮރަޕްޝަނާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިދީފި

އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުންނަށް އޭ.ސީ.ސީގެ ފަރާތުން ކޮރަޕްޝަނާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިދީފިއެވެ. މި މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 2020 އޮކްޓޫބަރު 20 ވީ އަންގާރަ ދުވަހު ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް ވާޗުއަލްކޮށެވެ. 2 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާއި އެންޓި-ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ބައިވެރިންނަށް ދެވުނެވެ. 11 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމު ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.