...

އޭސީސީގެ ފަރާތުން ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ބައިވެރިންނަށް ކޮރަޕްޝަނާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަނެއް ނަގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ސިވިލް ސަރވިސް އިންޑަކްޝަން ޕްރޮގްރާމުގެ ފޭސް 2 ބައިވެރިންނަށް،  އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2020 އޮގަސްޓް 18 ވީ އަންގާރަ ދުވަހު ގޫގުލް މީޓް މެދުވެރިކޮށް ވާޗުއަލްކޮށެވެ. ދޮޅުގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ބައިވެރިންނަށް ދެވުނެވެ. 24 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމު ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.