...

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދަށް އަހުލުވެރި ކުރުމުގެ ގޮތުން ޚާއްސަ ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި

ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހާ ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ލަފުޒު ވަކިކޮށް ލިޔުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން، ޚާއްޞަ ތަމްރީން ޕްރޮގްރާމެއް، 21 ފެބުރުވަރީ 2019 ވީ ބުރާސްފަތު ދުވަހު ބާއްވައިފިއެވެ.

މި ތަމްރީން ޕްރޮގްރާމުގައި ލަފުޒަކީ ކޮބައި ކަމާއި، ލަފުޒު ވަކިކުރުމުގެ ބޭނުމާއި އަދި ލަފުޒު ވަކިކުރުމުގެ ހަމަތަކާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. މި ތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވީ އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަނުގެ 58 މުވައްޒަފުން ބައިވެރިވިއެވެ.