...

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ޕްރޮގްރާމުގައި އޭސީސީއިން މަޢުލޫމާތު ދީފި

އިންތިޚާބީ އަދި އަލަށް އައްޔަން ކުރެވޭ މަޤާމްތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދެވި 'އެންޓި-ކޮރަޕްޝަން އެންޑް ގުޑް ގަވަރނަންސް ޕްރޮގްރާމު' ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޢުލޫމާތު ދީފިއެވެ. ފެބްރުވަރީ 10 އަދި 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނޭޝަނަލް އެންޓި-ކޮރަޕްޝަން ސިޔާސަތެއް ރަސްމީ ސިފައެއްގައި ޢަމަލުކުރެވެމުން ނުދާތީ ދިމާވާ ގޮންޖެހުންތަކާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އާންމުކޮށް ފާހަގަކުރެވޭ ކޮރަޕްޝަނަށް މަގުފަހިވާފަދަ މައްސަލަތަކާއި އޭގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 116 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ދެ ދުވަހުގެ މި ސެޝަންތައް ނަންގަވައިދެއްވީ ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދުއެވެ.