...

އައްޑޫ ހައި ސްކޫލްގެ ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 'ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު' ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމު، އައްޑޫ ހައި ސްކޫލްގެ ބެލެނިވެރިންނަށް ކުރިޔަށް ގެންގޮސްފިއެވެ. 2019 އޮކްޓޫބަރު 9 ވީ ބުދަ ދުވަހު ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ހައި ސްކޫލްގައެވެ.2 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ، ކޮރަޕްޝަންގެ ޢަމަލުތަކުގެ ގެއްލުމާ، ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ. އައްޑޫ ހައި ސްކޫލްގެ ޖުމްލަ 14 ބެލެނިވެރިން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީ އިން ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންގޮސްފައިވާ 'ޓްރެއިނިންގ އޮފް ޓްރެއިނަރސް' ޕްރޮގްރާމުން ތަމްރީނުވި ޓްރެއިނަރުންނެވެ.