...

މ. މަޑުއްވަރީ ސްކޫލްގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 'ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު' ގެ ނަމުގައި އޭސީސީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމް މ. މަޑުއްވަރީ ސްކޫލްގެ މުދައްރިސުންނަށް ކުރިއަށް ގެންގޮސްފިއެވެ. 2019 ސެޕްޓެންބަރު 10 ވީ އަންގާރަ ދުވަހު ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މ. މަޑުއްވަރީ ސްކޫލްގައެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ، ކޮރަޕްޝަންގެ ޢަމަލުތަކުގެ ގެއްލުމާ، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމާ ބެހޭ ގޮތުން އަދި ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ. މ. މަޑުއްވަރީ ސްކޫލްގެ ޖުމްލަ 16 މުދައްރިސުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.