...

މ. މަޑުއްވަރީ ސްކޫލްގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މ. މަޑުއްވަރީ ސްކޫލްގެ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 ސެޕްޓެންބަރު 11 ވީ ބުދަ ދުވަހު މ. މަޑުއްވަރީ ސްކޫލްގައެވެ. 2 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާ، ދަރިވަރުންގެ ސުލޫކާ، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗުސް އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންގައި ޖުމްލަ 12 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.